ޚަބަރު

ވެރިކަމަށް 8 މަސްވަނީ، ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތް ހުއްޓިފައި: މުއިއްޒު

އަލީ އިހްސާން

1

ވެރިކަމަށް އަށް މަސްވާއިރު، އަދިވެސް ބޮޑުތަކުރުފާނު ފުޅާކުރުމުގެ މަސައްކަތްވަނީ ހުއްޓިފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މާލެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތުގައި ސްޓެލްކޯގެ ޕަންޕު ސްޓޭޝަން މަގުމަތިން ނަގައި މަގު ފުޅާކުރުމަށް އޭރު ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވެމުން ދިޔަ މަސައްކަތް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައި ހުއްޓުނު ގޮތަށް ވަނީ ހުއްޓިފައި ކަމަށެވެ.

މާލެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ގޮތުން ސްޓެލްކޯގެ ޕަންޕު ސްޓޭޝަން މަގުމަތިން ނެގުމަށް ކުރީގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟