ޚަބަރު

ރާއްޖޭގައި ހިއުމަން ޓްރެފިކް ހިންގަނީ ސަރުކާރުގެ ބައިވެރިވުން އޮވެގެން: ޖާބިރު

އިބްރާހިމް ޒަކީ

ރާއްޖޭގައި ހިއުމަން ޓްރެފިކިން ހިންގަނީ، ސަރުކާރުގެ ބައިވެރިވުން އޮވެގެންކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އިހުމަން ޓްރެފިކިންގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ ނަން ހުށަހަލައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ފާއިތުވެގެންދިޔަ ސަރުކާރު ތަކުގައި ވެސް އެކަންކޮށްފައި ވަނީ ވިޔަފާރި ފިހާރައެއްގައި ކަންކުރާ އުސޫލުން ކަމަށެވެ.

"ހިއުމަން ޓްރެފިކިންގެ ކަންކަން ރާއްޖޭގައި މި ހިނގަނީ ސަރުކާރުގެ ބައިވެރިވުން އޮވެގެން. އަދި ފާއިތުވެގެންދިޔަ ސަރުކާރު ތަކުގައި އެކަންކޮށްފައި ވަނީ ވިޔަފާރި ، ފިހާރައެއްގެ އުސޫލުން ކަންކުރާ އުސޫލުން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖެއަށް މީހުން ގެނައުމަށް ސަރުކާރުން ދޭ ހުއްދަތަކާއި ކޯޓާތައް ދޫކޮށްފައިވަނީވެސް ވިޔަފާރިކުރާފަދަ ގޮތަކަށް ކަމަށެވެ.