އުމްރާގެ އަޅުކަމަށް ވަޑައިގެން ހުންނެވުމުގެ ސަބަބުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ހުވައި ނުކުރެއްވުނު ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ، މިއަދު މަޖިލިސް މެމްބަރު ކަމުގެ ހުވައި ކުރައްވައިފިއެވެ.
ރިޒާ މެމްބަރު ކަމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު 10:00 ގައި މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރިޒާ ހުވާކުރެއްވީ މަޖިލީހުގެ އެހެން މެންބަރުންވެސް ހުވައި ކުރެއްވި ގޮތަށް، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ކުރިފުޅުމަތީގައެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަކީ އިދިކޮޅު ޕީޕީއެމްގެ މެންބަރެކެވެ.