މަސްތުވާތަކެއްޗާއެކު ކަނޑަށް ފުންމާލައިގެން ފިލަން އުޅުނު މީހަކާއި އޭނާއަށް އެހީތެރިވި މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ގއ.ކަނޑުހުޅުދުއަށް އަންނަ ފެރީއަކުން މަސްތުވާތަކެތި ހިފައިގެން މީހަކު އަންނަ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަނޑުހުޅުދޫގައި ފުލުހުން ހަރަކާތްތެރިވާކަން ފެރީގައި ހުރި މީހާއަށް އެނގިގެން ކަނޑުހުޅުދޫ ކައިރީގައި އޮންނަ މާވާރަލު ކައިރިއަށް މޫދަށް ފުންމާލާފައިވާ ކަމަށެވެ.
އެމީހާއަށް އެހީތެރިވުމަށް ދިޔަ ޑިންގީ ބަންޑުން ޖަހާލައިގެން އޭގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު ފަތާފައި ގޮސް މާވާރަލަށް އަރާފައިވާ ކަމަށާއި އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެރަށުގެ ރައްޔިތުންގެ ބަޔަކާއި އަދި ކޯސްޑުގާޑަށް މައުލޫމާތުދީގެން ކުރަމުން ދަނިކޮށް، އޭގެ ތެރެއިން އެކަކު ކަނޑުހުޅުދޫ ދޯންޏަކަށް އަރާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ އަނެއް މީހާ ވެސް މިހާރު ފެނިފައިވާ ކަމަށެވެ.