ޚަބަރު

ގައުމީ އަރުޝީފުގެ ވެބްސައިޓް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ހުޅުއްވައިދެއްވައިފި

އަލީ އިހްސާން

‏ގައުމީ އަރުޝީފުގެ ވެބްސައިޓް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ހުޅުއްވައިދެއްވައިފިއެވެ.

މިނިސްޓަރ ޔުމްނާ ގައުމީ އަރުޝީފުގެ ވެބްސައިޓް archives.gov.mv ހުޅުއްވައިދެއްވީ ބައިނަލްއަގްވާމީ އަރުޝީފުގެ ދުވަސްފާހަގަ ކުރުމުގެ ގޮތުން މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ގައުމީ އަރުޝީފުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމީ އަރުޝީފަކީ ދައުލަތް ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ. މިނިސްޓަރ ޔުމްނާ ވަނީ ބައިނަލްއަގްވާމީ އަރުޝީފު ދުވަހުގެ ތަހުނިޔާ ގައުމީ އަރުޝީފުގެ ވެރީންނަށާއި މުވައްޒަފުންނަށާއި އަދި ދުވަސްވީ ލިިޔެކިޔުންތަކާއި ފޮޓޯތައް ރައްކާތެރިި ކުރަން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ތަހުނިިޔާ ދަންނަވައިފައެވެ.