ޝަހީދާ އަބްދުﷲ ސައީދު
ގައުމީ އަރުޝީފަކީ ދައުލަތް ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ ގައުމީ އަރުޝީފުގެ ދުވަހުގެ ތަހުނިޔާ ދަންނަވައި މިއަދު ކުރެއްވި ޓުވީޓުގައެވެ.
މިނިސްޓަރު ޔުމްނާގެ ޓުވީޓުގައި ވަނީ ބައިނަލްއަގްވާމީ އަރުޝީފު ދުވަހުގެ ތަހުނިޔާ ގައުމީ އަރުޝީފުގެ ވެރީންނަށާއި މުވައްޒަފުންނަށާއި އަދި ދުވަސްވީ ލިިޔެކިޔުންތަކާއި ފޮޓޯތައް ރައްކާތެރިި ކުރަން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ތަހުނިިޔާ ދަންނަވައިފައެވެ.