ޚަބަރު

މޯދީ ފުރާވަޑައިގެންފި

1

އިއްޔެ ރާއްޖެ ވަޑައިގެންނެވި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމަނިކުފާނުުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މޯދީއަށް އަލަވަދާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްދު ސާލިޙެވެ.

މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި 6 އެއްބަސްވުމެއްގައިވަނީ ސޮއިކުރައްވައިފައެވެ.

މީގެއިތުރުން ދިވެހި ސަރުކާރުން ބޭރުގެ އިއްޒަތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އިއްޔެ ރައީސުލް ޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް އަރުވައިފައެވެ.

އަދި ރާއްޖޭގެ ރައްޔިތުން މަޖްލީހުގައި މޯދީ އިއްޔެ ވަނީ ތަގުރީރުކުރައްވައިފައެވެ.

މޯދީގެ މި ދަތުރުފުޅުގައި ރާއްޖެ އާއި އިިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވަނީ ބާއްވައިފައެވެ.

މޯދީގެ ދަތުރު ފުޅުގައި ނާއިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގައި ރައީސް ރައީސް މުހައްމަދު ނަޝީދާވެސް މޯދީ ބައްދަލު ކުރެއްވިއެވެ.

އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް އާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟