ޚަބަރު

ރައީސް މައުމޫނަކީ ތަފާތު މޮޅު ސިޔާސީ ލީޑަރެއް: މޯދީ

އަލީ އިހްސާން

1

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުﷲ ގައްޔޫމަކީ ތަފާތު މޮޅު ސިޔާސީ ލީޑަރެއްކަމަށް އިންޑިޔާ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ކުރީގެ ރައީސް މައުމޫންއާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް މައުމޫންއަކީ ތަފާތު މޮޅު ސިޔާސީ ލީޑަރެއްކަމަށާއި، އެމަނިކުފާނު ދިވެހި ގައުމަށް ހިދުމަތްކޮށްދެއްވާފައިވަނީ ވަރަށް ހިކުމަތްތެރިކަމާއެކުގައި ކަމަށެވެ. މީގެ އިތުރުން މޯދީ ވިދާޅުވީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރާނެ ގޮތްތަކާމެދު ރައީސް މައުމޫންއާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރުވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމު އާއި، އަދާލާތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓް އިމްރާން އަބްދުﷲ އާވެސް ބައްދަލު ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟