ޚަބަރު

މެދުރާއްޖެއާއި ދެކުނަށް ވައިޓް އެލާޓް ނެރެފި

އަހުމަދު ޖައިޝަން

މިރޭގެ 12 ޖެހުމާ ހަމައަށް މެދުރާއްޖެއާއި ދެކުނުގެ ބައެެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދަށާއި ގއ. އިން ފެށިގެން އައްޑޫ އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާ އިރު، މެދުރާއްޖެ އާއި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 17 މޭލުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވެގެން ދާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ދެކުނުގެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި އިތުރަށް ގަދަވެގެން ދާނެ ކަމަށްވެސް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.