ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަސް އަހަރު ދުވަހުގެ ތެރޭގައި 1000 ސިވިލް ސާވަންޓުން ތަމްރީނުކުރަން ވަނީ އެއްބަސްވެފަ

ސިވިލް ސާވަންޓުން ތަމްރީނު ކުރުމަށް އިންޑިއާ އާއެކު މިއަދު ސޮއި ކުރެއްވި އެއްބަސް ވުމަކީ، މަސައްކަތްތެރިންގެ ހުނަރުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ކުރާ އިންވެސްޓްމެންޓަށް ބަލާއިރު، އިންސާނީ ވަސީލަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު އެއްބަސްވުމެއް ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި އިންޑިއާ އާދެމެދު މިއަދު ސޮއިކުރި އެއްބަސްވުންތަކަށްފަހު، އެ އެބަސްވުންތަކާބެހޭ ރަސްމި ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އިންސާނީ ވަސީލަތް ތަރައްގީކުރަން މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމަދުގައި މިއަދު ސޮއި ކުރި ފުރަތަމަ އެއްބަސް ވުމަކީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނާއި، އިންޑިއާގެ [ދަ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް]އާ ދެމެދު ސޮއިކުރި އެ އެއްބަސް ވުމުގެ ދަށުން ފަސް އަހަރުދުވަހުގެ ތެރޭގައި 1000 ސިވިލް ސަރވަންޓުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ސޮއިކުރެއްވި ދެވަނަ އެއްބަސްވުމަކީ ކަސްޓަމްސްގެ ދާއިރާ ތަރައްޤީ ކުރުމާ ގުޅޭގޮތުން އެއްބާރުލުން ދިނުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

"މި އެމް.އޯ.ޔޫ.ގެ ދަށުން ކަސްޓަމްސް އޮފިޝަލުންގެ މަސްޢޫލިއްޔަތުތައް ޢަދާކުރެއްވުމުގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ހިންގޭނެ. އަދި، ހައިޑްރޮގްރަފީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން، ވަރަށްވެސް ސްޕެޝަލައިޒްޑް ދާއިރާއަކުން ރާއްޖޭގައި މިހާރު ހުރި ޤާބިލިއްޔަތު ފުޅާކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ ޑިސެންބަރު މަހު އަޅުގަނޑު އިންޑިއާއަށް ކުރެއް ޒިޔާރަތުގައި، އެކި ދާއިރާތަކުން ދިވެހިން ތަމްރީނު ކުރުމަށް، އިންޑިއާ ސަރުކާރުން ފަހިކޮށްދިނުމަށް ނިންމި 1000 ތަމްރީނު ފުރުސަތުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފުމާ ގުޅޭގޮތުންވެސް ބޮޑުވަޒީރާއެކު މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ.