މުރަކަތަކުގެ ދިރުންތައް ރައްކާތެރިކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަ ކުރަމުން ގެންދާ ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، ފަރުތަކުގެ ދިރުންތައް ނުވަތަ މުރަކައިގެ ދިރުންތައް ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރައްޖެހޭ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަުލުތަކުންގެ ސަބަބުން މުރަކައިގެ ދިރުންތައް ސަލާމަތްކޮށް ރައްކާތެރިކުރުމަށް މޯލްޑިވިސް ކޮރަލް އިންސްޓިޓިއުޓުން މަސައްކަތްކުރަމުން ގެންދާކަމަށްވެސް އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީން 2008 ވަނަ އަހަރުވަނީ ޖޫންމަހުގެ 08 ވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ފާހަގަ ކުރާ ދުވަސްކަމަށް ކަނޑައަޅާފައެވެ.