ޚަބަރު

މޯދީ ރައީސް ސޯލިހުއަށް ކުރިކެޓް ބެޓެއް ހަދިޔާ ކުރައްވައިފި

އަލީ އިހްސާން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރިކެޓް ބެޓްއެއް ހަދިޔާ ކުރައްވައިފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ކުރިކެޓް ބެޓް ހަދިޔާ ކުރައްވާފައިވަނީ މިއަދު ރައީސްއޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމީ ބައްދަލުވުމަށްފަހުގައެވެ. ކުރިކެޓް ބެޓް ރައީސް ސޯލިހުއަށް އެރުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މޯދީ ވިދާޅުވީ ރައީސް ސޯލިހަކީ ކުރިކެޓްގެ ވަރަށް ބޮޑު ފޭނެއްކަމަށާއި އެހެންކަމުން އެމަނިކުފާނަށް އިންޑިޔާގެ ކުރިކެޓްޓީމުން ސޮއިކޮށްފައިވާ ކުރިކެޓް ބެޓްއެއް ހަދިޔާ ކުރައްވާފައިވާކަމަށެވެ.

މޯދީ ރައީސް ސޯލިހުއަށް ކްރިކެޓް ބެޓް ހަދިޔާ ކުރައްވަނީ

މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވަނީ އިންޑިއާގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް އިންޑިއާގައި ކުޅުނު ކުރިކެޓް މެޗެއް ބައްލަވާލެއްވުމަށް ވެސް ވަޑައިގެންފައެވެ.