ޚަބަރު

މި ދަތުރުން ދައްކުވައިދެނީ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ މުހިއްމުކަން: މޯދީ

އަލީ އިހްސާން

މިއަދު ރާއްޖެއަށް ކުރެއްވިި ދަތުރުފުޅުން، ދައްކުވައިދެނީ، ރާއްޖެ އާއި އިންޑިޔާއާ ދެމެދު ގުޅުފައިވާ ވަރުގަދަ ގުޅުމުގެ މުހިއްމުކަން ކަމަށް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް ވަޑައިގެންނެވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

މޯދީގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ދެގައުމުން ތަފާތު ރޮނގުތަކުން ގުޅުން ބަދަހިކުރުމަށް ބޭނުންންވާ މިންވަރު މި ދަތުރުފުޅުން ދައްކުވައިދޭ ކަމަށެވެ.

"މި ދަތުރު، އަޅުގަނޑުގެ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރު، ދައްކުވައިދެނީ އިންޑިއާ އާއި ރާއްޖެއާ ގުޅިފައިވާ ވަރުގަދަ ގުޅުމުގެ މުހިންމުކަން. އަދި ތަފާތު ރޮނގުތަކުން ގުޅުން ބަދަހި ކުރުމަށް ބޭނުންވާ މިންވަރު." މޯދީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މި ޓްވީޓް މޯދީ ކުރައްވާފައިވަނީ ދިވެހިބަހުންނެވެ.

މޯދީ ކުރެއްވި ޓްވީޓް

މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންނެވި، އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައި ދެ ގައުމުގެ މެދުގައި މިހާރުވަނީ ރަސްމީ ވާހަކަތައް ފެށިފައެވެ.

މި މަޝްވަރާތަކަށްފަހު 6 އެއްމަސް ވުމެއްގައި ދެ ބޭފުޅުން ސޮއިކުރައްވާނެ އެވެ.

އަދި މި ބައްދަލު ކުރެއްވުމަށްފަހު، ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރުވާނެއެވެ.