އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ، ދަތުރުފުޅުގައި އިދިކޮޅު ފަރާތްތަކާ ބައްދަލު ނުކުރައްވާތީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުގެ ނަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މޯދީއަށް މެސެޖެއް ފޮނުއްވައިފިއެވެ.
ހިންދީ ބަހުން ވާހަކަ ދައްކަވައި، ނަންގަވާފައިވާ މި ވީޑިއޯމެސެޖުގައި އުމަރު ވިދާޅުވީ ހަދިޔާއަށް ވުރެ މުހިއްމީ ގައުމުކަމަށެވެ.
އުމަރުގެ ޓުވިޓާ އެކައުންޓުގައި އާންމު ކުރި މި ވީޑިއޯ ކޮޅުގައި އުމަރު ވިދާޅުވީ މީގެ އަށް އަހަރު ކުރިން ރާއްޖެއަށް ހެލިކޮޕްޓަރެއް ހަދިޔާކުރައްވާނެކަމުގެ ވައުދާއެކު ހެލިކޮޕްޓަރަކާއެކު އިންޑިއާގެ 40 ސިފައިން ރާއްޖެއަށް އައިތަން ފެނުނުކަމަށެވެ.
މި ވީޑިއޯ މެސެޖު ގައި އިންޑިއާ ސަރުކާރުން ހަދިޔާ ކުރާނެކަމަށް ވައުދުވި ހެލިކޮޕްޓަރު ރާއްޖެއަށް ނުދޭ ތާނގައި، އިންޑިއާ އިން ރާއްޖެއައި 40 ސިފައިން އަނބުރާ އިންޑިއާއަށް ނުދާކަން އުމަރު ފާހަގަ ކުރައްވާފައިވެއެވެ.
މޯދީ އަށް އަމާޒުކޮށް އުމަރު ވިދާޅުވީ ރާއްޖެއަށް ހެލިކޮޕްޓަރު ހަދިޔާ ކުރާނަމަ އެ ދިނުމަށެވެ. އަދި ނުދޭނަމަ ހެލިކޮޕްޓަރާއި 40 ސިފައިން އަނބުރާ ގައުމަށް ގެންދިއުމަށް އުމަރު ގޮވާލެއްވިއެވެ.