އަލިފާނުގެ ހާދިސާ

ކަރަންޓު ސްޕާކެއްގެ ސަބަބުން ހޯރަފުށީ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެއްޖެ

މަރިޔަމް ޝަހުދާ

ކަރަންޓު ސްޕާކެއްގެ ސަބަބުން ހއ. ހޯރަފުށީ ޑިސްޓްރިބިއުޝަން ފޮށްޓެއްގައި އަލިފާން ރޯވެއްޖެ އެވެ.

ހޯރަފުށީ ސްކޫލް ސަރަހައްދުގައި ހުރި މި ފޮށީގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެސަރަހައްދަށްގޮސް އަލިފާންގަނޑު ނިވާލާފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މިއަދު ހެނދުނ 9:24 ހާއިރު މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ސްޕާކެއްގެ ސަބަބުންކަމަށް ފުލުހުން މައުލޫމާތުދީފައިވަނީ ފެނަކައާއި ހަވާލާދީއެވެ.