ޚަބަރު

ތިލަފުށީ ބޭރުގައި އޮތް ބާޖެއްގައި ރޯވެއްޖެ

މުހައްމަދު އައުޒަމް

1

ތިލަފުށީ ބޭރުގައި އޮތް "ސަން ޓޫނާ" ނަމަކަށް ކިޔާ ބާޖެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތް ތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރިމަސައްކަތުން އަލިފާންގަނޑު އަދި އެއްކޮށް ކޮނަޓްރޯލް ވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ވަން އޮންލައިން އަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ އެ ބާޖުގައި "އެމޯނިއާ" ގޭސް ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ކަމުން ސަލާމަތީ ސަބަބުތަކަށް ޓަކައި ބާޖާއި ދުރުގައި ތިބެގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

މިހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައި ވަނީ މިއަދު ހެނދުނު 0753 ގައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ.

ދިގުމިނުގައި 320 ފޫޓު ހުރި މި ބާޖުގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު ތިބި 20 މީހުން އަލިފާން ހިނގުމާއެކު މޯލްޑިވްސް ޕޮލިސް ގެ ލޯންޗަކަށް ނަގައިފައި ވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟