ބްރިޖް ހައިވޭއިން ދުއްވާފައިދިޔަ ކާރެއްގެ ފުރޮޅހު ފަޅައިގެންގޮސް އެކްސިޑެންތް ވެއްޖެއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގަިއގެން ރިޕޯޓް ކޮށްފައިވަނީ ރޭ 2:30 ހާއިރު ކަމަށެވެ.
މިހާދިސާގައި އެކްސިޑެންޓްވީ މާލެއިން ހުޅުމާލެއަށް ބްރިޖުގެ ހައިވޭގައި ކާރެއް ދުއްވާފައި ދަނިކޮށް ޓަޔަރު ފަޅައިގެން ދިއުމުގެ ސަބަބުން ކާރު ކަހާލައިގެން ގޮސް ފެންސްގައި ޖެހިގެން ކަމަށެވެ.
ކާރު ދުއްވަން އިނީ ލައިސަންސްއޮތް މީހެއް ކަމަށާއި، އެ ކާރު އަކީ ރަނގަޅު ޒޯނަށް ރަޖިސްޓްރީ ކޮށްފައި ވާ ކާރެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި މީހަކަށް އަނިޔާނުވިނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.