މާލޭގައި ހުރި ބޭރު ޤައުމުތަކުގެ އެމްބަސީތައް ހުޅުމާލެއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރަސްމީ ދަތުރު ފުޅެއްގައި، މާދަމާ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅާބެހޭ މައުލުމާތު ދެއްވަމުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހްމަދު ޚަލީލު ވިދާޅުވީ، ހުޅުމާލެއަށް އެމްބަސީތަށް ބަދަލު ކުރުމުގެ ބޭނުމަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުން ކަމަށެވެ.
"މިހާރު ފޮރިން މިނިސްޓްރީން ބޭރު ގައުމުތަކުގެ ހުރިހާ އެމްބަސީތަކަށް ފުރުސަރތު ދީފަ މިއއޮތީ ހުޅުމާލޭން ޑިޕްލޮމެޓީކް އެންކްލޭވްއެއް ހަދައިފަ އެތަނުން ބިން ދޭގޮތަށް،" ހަލީލު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ ހަމަ އެގޮތަށް އިންޑިއާ އެމްބަސީއަށްވެސް ހުލުމާލެއިން ބިން ހަމަޖެހިގެންދާނެ ކަމަށެވެ. ނަމަވެސް އިންޑީޔާ ބޮޑުވަޒީރު މިފަހަރު ރާއްޖެއަށް ކުރައްވާ ދަތުރު ފުޅުގައި އިންޑިއާ އެމްބަސީ އިމާރާތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިނުވާ ކަމަށް ހަލީލު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭރުގެ ހުރިހާ މިޝަންތަކާއި އެމްބަސީތައް ޤާއިމުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30 ހާސް އަކަފޫޓްގެ ސަރަހައްދެއް ވަނީ ކަނޑައަޅައިފައެވެ.
މާލޭގައި ހުރި ބޭރު ގައުމުތަކުގެ ގިނަ އެމްބަސީތައް ހިންގަނީ އާއްމުން ދިރިއުޅޭ އިމާރާތްތަކުގައެވެ.