މުހައްމަދު އައުޒަމް
ޓީޓީއެމް ޓްރެވަލް ސަމިޓް 2019ގައި ބައިނަލްއަގުވާމީ ޕްރޮފެޝަނަލުން ބައިވެރިވާނެއެވެ.
މިމަހުގެ 11 ވަނަ ދުވަހު ބަނޑޮސް މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އޮންނަ ޓީޓީއެމް ޓްރެވަލް ސަމިޓުގައި މިފަހަރު އަލިއަޅުވާލުމަށް ހަމަޖެހިފައިވާ މައުލޫއަކީ " ޓްރެވެލް ޓެކްނޮލޮޖީ އެންޑް އެނަލިޓިކްސް " އެވެ.
އެގޮތުން ޓެކްނޮލޮޖީ ބޭންނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ މައްޗަށް ދާއިރާތަކުގެ އެކްސްޕާޓުން ޕްރެޒެންޓޭޝަން ހުށަހަޅާނެއެވެ. މީގެ އިތުރުން މާކެޓިންގ އެނެލެޓިކްސް އަދި ރެވެނިއު މެނޭޖްމަންޓާއި ޕްރައިޒިން ޑައިނަމިކްގެ އިތުރުން ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ޓުއަރިޒަމް ކުރިއެރުމާގުޅޭ ޕްރެޒެންޓޭޝަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިސަމިޓް ހުޅުއްވައި ދެއްވުމަށްފަހު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ މެނޭޖިންގ ޑައިރެކްޓަރ ތޮއްޔިބް މުހައްމަދު ވެސް ޕްރެޒެންޓޭޝަން ހުށަހަޅުއްވާނެއެވެ. މީގެ އިތުރުން ޕްރޮފެސަރ އުގައިލްވެސް މިސަމިޓްގައި ޕްރެޒްންޓޭޝަން ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޓީޓީއެމް ޓްރެވަލް ސަމިޓް 2019ގައި ރާއްޖޭން ބޭރުގެ ޓުއަރިޒަމްގެ އެކިދާއިރާތަކުގެ އެކްޕާޓުންނާއި ޕްރޮފެޝަނަލުން ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ 11 އިން 13 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޓީޓީއެމް ފެއަރ ގައި ޓްރެވެލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި ބައިނަލްއަޤްވާމީ މީޑިއާ ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ ޓުއަރިޒަމް އާއި ގުޅޭ ފަރާތްތަކުންވެސް ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވާނެއެވެ.