މަތީ ތައުލީމަށް ސަރުކާރުން ދޭ ސްޓޫޑެންޓުލޯނުން ގިނަ ފަރާތްތަކެއް ޑިސްކޮލިފައިވީ އާންމު ކުރި އުސޫލާ ހިލާފަށް އެޕްލިކޭޝަން ހުށައަޅާފައިވާތީ ކަމަށް މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން މިހެން ވިދާޅުވީ މަދުފަރާތްތަކަކަށް ސްޓޫޑެންޓު ލޯނު ލިބުނުކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިފަހަރު، ސްޓޫޑެންޓު ލޯނުން ފުރުސަތު ލިބުނީ 79 ފަރާތަކަށް ކަމަށާއި، ގިނަ ފަރާތްތަކެއް ޑިސްކޮލިފައިވެފައިވަނީ އާންމު ކުރެވުނު އުސޫލާއި ހިލާފަށް އެޕްލިކޭޝަން ހުށައަޅާފަ ވާތީކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޑިސްކޮލިފައިވި ސަބަބު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހާމަކޮށްދޭނެ ކަމަށެވެ. އަދި ކިޔެވުމަށް ބާކީހުރި ޖާގަތަކަށް މިމަހު 20 ގައި އަނެއްކާވެސް ލޯނަށް އިއުލާން ކުރާނެ ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން މިހަމުގެ 4 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މި ޖޫން މަހުގެ 20 ވަނަ ދުވަހު އާ ލޯނު ސްކީމަކަށް ހުޅުވާލާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިފަހަރު ލޯނު ސްކީމަށް ހުުޅުވާާ ފުރުސަތުތަކަކީ މާޗް 2019 ގައި އިއުލާންކޮށްފައިވާ ލޯނު ސްކީމުގެ ތެރެއިން ހުސްކޮށް ހުރި ސްލޮޓްތައް ކަމަށެވެ.
އެ ސްލޮޓްތައް ހުސްކޮށް ހުރީ ޝަރުތުހަމަނުވާ އެޕްލިކޭޝަންތަކުގެ ސަބަބުން ކަމަށްވެސް ހަޔާ އެޑިޔުކޭޝަނުން ބުނެއެވެ.