ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓާ ވެއްޓުނު މީހަކު ހޮސްޕިޓަލަށް ގެންދިޔުމަށް ނާއިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ ބޮޑީ ގާޑުން ދިން އެހީތެރިކަމަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.
ނާއިބު ރައީސް ފައިސަލް ނަސީމް ހުކުރަށް ވަޑައިގެންނެވީ ޒިޔާރަތް މިސްކިތަށެވެ.
އެ މިސްކޮތައް ހުކުރަށް ދިޔަ މީހަކު ހޭނެތިގެން ވެއްޓުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔުމުގައި ނާއިބު ރާއިސާއި އެމަނިކުފާނުގެ ބޮޑީ ގާޑުން ވަނީ ބައިވެރިވެޑައިގެންފައެވެ. އަދި ހޭނެތުނު މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނާއިބު ރައީސްގެ ކާރުކޮޅުގައެވެ.
މި މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ ނާއިބު ރައީސް ފައިސަލް ނަސީމަށް ތައުރީފުކުރަން ފަށައިފައެވެ.