އިންޑިއާގެ ވިޔަފާރީގެ ރަށެއް ކަމަށްވާ، ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން ވިސްނާކަމަށް އިންޑިޔާގެ އިންޑިއާގެ ފޮރިން ސެކްރެޓަރީ، ވިޖޭ ގޯކާލް ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާބެހޭގޮތުން ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ވިޖޭ ގޯކާލް ވިދާޅުވީ، ރާއްޖެ އާއި ކޮޗިންއާ ދެމެދު ކުރުމަށް ވިސްނަމުންދާ ފެރީ ދަތުރުތަކާބެހޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ. އަދި އެ ދަތުރުތައް ފެށިގެންދިއުން ވެގެންދާނީ، ރާއްޖެ އާއި އިންޑިއާ އާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ހާއްސަކޮށް ދެ ގައުމުގެ ދަތުރުފަތުރުގެ ގުޅުމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރު ފުޅުގައި ދެ ގައުމުގެ ދެމަދުގައި ގިނަ ކަންތައްތަކަކާމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ތަފާތު އެކި ދާއިރާތަކުން ރާއްޖެއަށް ދިނުމަށް ހަމަޖެއިފައިވާ އެހީތައް ހިމެނެއެވެ.
އިންޑިޔާގެ އާއްމު އިންތިހާބު މިފަހަރު ކާމިޔާބު ކުރެއްވުމަށްފަހު، ދެ ވަނަ ދައުރަކަށް އިންތިހާބު ވެ ވަައިގެންނެވި މޯދީ، ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރު ފުޅުގައި ރާއްޖެ ވަޑައިގައި ގެންނެވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭހެ ރިޔާސީ އިންތިހާބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމަށްފަހު ބޭއްވެވި ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަނީ ރާއްޖެ ވަޑައިގެން އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެެވެ.