ޑްރައިވަރަަށް ނިދިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރު ގަހަކަށް މުޑިއަރައި ބަޔަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓް ގައި ރީތިގަސްމަގުން ދުއްވާފައިދިޔަ ޕްރައިވެޓް ކާރު ކޮންޓްރޯލް ނުވެގެން، ޕޭމަންޓް މަތިން އަރައިގެންގޮސް މަގުގެ އަރިމަތީގައިހުރި ގަހެއްގައި ވަނީ ޖެހިފައެވެ.
ކާރުގެ ކުރީކޮޅުގެ މެދު ގޮސް ގަހުގައި ޖެހުނުލެއް ބާރުކަމުން ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެ، ކާރުގެ އިންޖީނުވެސް ވަނީ އެތެރެއަށް ވަދެފައެވެ.
ފުލުހުން ބުނީ ހަވީރު 4:41 އެހާކަންހާއިރު މި އެކްސިޑެެންޓް ހިނގިއިރު ޑްރައިވަރާއެކު، ކާރުގެ ތެރޭގައި ޗައިނާގެ ފިރިހެނަކާއި އަންހެނަކު އިންކަމަށެވެ.
އޭގެ ތެރެއިން ޑްރައިވަރުގެ މެޔަށް ތަދުވާކަަމަށް ބުނެފައިވާ ކަމަށާއި، ދެން ތިބި ދެމީންނަށްވެސް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފުލުހުން ބުނީ އެތަނުން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ، ކާރު ދުއްވަން އިން މީހާ އަކީ ލައިސަންސް އޮންނަ މީހެއް ކަމަށެވެ. އަދި އެހާދިސާ ހިނގިއިރު އެ ސަރަހައްދުގައި އިތުރު ވެހިކަލެއް އެ ސަރަހައްދުގައި ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.