ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް މިއަހަރު ފަސްހާސް ރުފިޔާ ޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި 5,644,118.00 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަަދަށް ބަލައި ބޮލަކަށް ފަސްހާސް ރުފިޔާ ލިބިފައިވާ ކަމަށެވެ.
ފިތުރު ޒަކާތް ބެހުން ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ ތިންވަނަ ދުވަހުއެވެ. އަދި ގޮވާމުގެ ބާވަތްތަކުން ޒަކާތް ދޫކުރުން ކުރިއަށް ގެންގޮސްފައިވަނީ ހަމަ އެ ދުވަސްތަކުގައި އަރަބިއްޔާ ސްކޫލު ހޯލުގައެވެ.