ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ދޭ ސެކިއުރިޓީއާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުލުހުން މިހާރު ފުލުހުން އަންނަނީ އުމަރަށް ސެކިއުރިޓީ ދޭން ޖެހޭ ހާލަތެއް އަދިވެސް އޮތްތޯ ބަލަމުންނެވެ. އެގޮތުން އުމަރަށް ފުލުހުންގެ ފަރާތުން ދޭ ސެކިއުރިޓީ ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
2016ގައި އުމަރުގެ އޮފީސް ހުންނަ ހ.ސަކީނާ މަންޒިލް ކައިރިއަށް ގޮސް ތިން މީހަކު ވަނީ އޭނާއަށް މަރުގެ އިންޒާރު ދީފައެވެ. ފުލުހުން އުމަރުގެ ސެކިއުރިޓީ ހަމަޖައްސާފައި ވަނީ މި މައްސަލައާ ގުޅިގެންނެވެ.
އެކި ފަހަރު މަތިން އުމަރަށް ދެވިފައިވާ މި ސެކިއުރިޓީ ރިވިއު ކުރެވުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.