މާލޭގައި މިއަދު ހިންގި މާރާމާރީއަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު ހަވީރު 4:15 ހާއިރު ޝަހީދު އަލީ ގޯޅިތެރޭ ހިނގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މާރާމާރީ ހުއްޓުވުމަށް ދިޔަ ފުލުހުންގެ މީހަކަށް މިތަނުން އެކަކު ވަނީ ހަމަލާދީފައެވެ. އަދި ހައްޔަރުކޮށްފައިވާ ތިން މީހުންވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީއާ ގުޅިގެން އެކަކަށް ޒަހަމްވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމަތުދިނެވެ. މި މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.