ބިދޭސީއެއްގެ އަތުން ފޭރިގަތް ފޯނެއް ސިނާމާލެ ބުރިޖު ދަށުގައި ފޮރުވާފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ރޭ 9:10 ހާއިރު ފަރީދީ މަގުން ހިނގާފައި ދިޔަ ބިދޭސީއެއްގެ ފޯނު ފޭރިގަނެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފޭރިގެންފައިވާ ކަމަށް ބެލެވޭ ފޯނު މިއަދު ހެނދުނު 9:25 ހާއިރު ސިނަމާލެ ބުރިޖު ދަށުގައި ފޮރުވާފައި އޮއްވާ ފުލުހުންނަށް ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.