ޚަބަރު

އަލުން ސްޓޫޑެންޓް ލޯނުގެ ފުރުސަތު ހުޅުވާލަން ނިންމައިފި

އަލީ އިހްސާން

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން އަލުން ސްޓޫޑެންޓް ލޯނުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މި ޖޫން މަހުގެ 20 ވަނަ ދުވަހު އާ ލޯނު ސްކީމަކަށް ހުޅުވާލާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިފަހަރު ލޯނު ސްކީމަށް ހުުޅުވާާ ފުރުސަތުތަކަކީ މާޗް 2019 ގައި އިއުލާންކޮށްފައިވާ ލޯން ސްކީމުގެ ތެރެއިން ހުސްކޮށް ހުރި ސްލޮޓްތައް ކަމަށެވެ. އެ ސްލޮޓްތައް ހުސްކޮށް ހުރީ ޝަރުތުހަމަނުވާ އެޕްލިކޭޝަންތަކުގެ ސަބަބުން ކަމަށްވެސް ހަޔާ އެޑިޔުކޭޝަނުން ބުނެއެވެ.

މާރޗްމަހުގެ ލޯން ސްކީމްގެ ދަށުން 242 ދަރިވަރަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށް ކުރިން ހަޔާ އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން އަލަށް ކިޔަވަން ފަށާ 158 ދަރިވަރުންނަށާއި، މިހާރު ކިޔަވަމުންގެންދާ 84 ދަރިވަރަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.