ޚަބަރު

މިލަންދޫގައި ޒުވާނުންތަކެއް ނުކުމެ ބިދޭސީއަކަށް ހަމަލާދީފި

ށ. މިލަންދޫގައި ޒުވާނުންތަކެއް ނުކުމެ ބިދޭސީއަކަށް ހަމަލާދީފިއެވެ.

ފުލުހުން ބުނީ މިލަންދޫގައި ބިދޭސީއެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކަމުގެ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރަމުންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިރޭ އެ މާރާމާރީ ހިންގުމުގައި ދިހަ ވަރަކަށް މީހުން ބައިވެރިވިއެވެ. އެ މާރާމާރީގައި ޒަހަމުވީ ބިދޭސީއަކަށެވެ. އޭނާއަށް މިހާރު މިލަންދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.

ބަންގުލަދޭޝް މީހާއަށް ހަމަލާދީފައިވަނީ އޭނާ މީހަކަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކޮށް ކަމަށް މައުލޫމާތު ލިބެއެވެ.