ޚަބަރު

ހުރާ ފަޅުގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ދޯންޏަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި

މަރިޔަމް ޝަހުދާ

1

ކ.ހުރާ ފަޅުގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ދޯންޏަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓު ހިނގަން މެދުވެރިވީ ދޯނި ޖެޓީއާ ކައިރިކުރަން އުޅުމުގެ ތެރެއިން ދޯނީގެ އިންޖީނުގެ ގިޔަރު ނަރު ކަނޑައިގެންގޮސް ދޯނި ކޮންޓްރޯލް ނުކުރެވިގެން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މިއަދު މެނދުރު 1:51 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ތިން ލޯންޗަށްވެސް އެކި ގެއްލުން ލިބިފައިވެއެވެ. އެގޮތުން އެއް ލޯންޗުގެ ކަނާތްފަރާތުގެ ސަތަރިގަނޑު ނެއްޓުނު އިރު، އަނެއް ލޯންޗުގެ ކަނާތްފަރާތު އަރިމަތިން ގޭނުމުގެ އިތުރުން ވާތް ފަރާތުން ތަންކޮޅެއް ނެއްޓިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ތިންވަނަ ލޯންޗުގެ ކަނާތްފަރާތުން ދެތަނަކުން ފަޅައިގެން ގޮސް މަތީ ދަގަނޑު ލެނބި، ސަތަރިގަނޑު ނެއްޓިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި އެ ލޯންޗުގެ ވާތްފަރާތު މަތިން ރެނދެއް ލާފައިވާ ކަމަށާއި ކަނާތްފަރާތުގެ ސަތަރިގަނޑުވެސް ނެއްޓިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ދޯނި ދުއްވަން ހުރި ކެޕްޓަން އަތުގައި ލައިސަންސް އޮވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟