ޚަބަރު

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީ 461 އުޅަނދެއް ފުލުހުން ޗެކް ކޮށްފި

މަރިޔަމް ޝަހުދާ

އީދު ދުވަހުގެ މުނާސަބަތުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ގަޑީ އެއްގަމު ދުއްވި 461 އުޅަނދެއް މާލެއިން ފުލުހުން ޗެކް ކޮށްފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މިއަދު ހަތަރަކުން ހަޔަކަށް އެއްގަމު އުޅަނދު ނުދުއްވުމަށް ހަމަޖައްސާފައި އޮތްއޮތުން ތަންފީޒު ކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފުވުމުގެ ސަބަބުން 364 މީހަކަށް ފުލުހުން ވަނީ ނަސޭހަތް ދީފައެވެ. އަދި 97 މީހަކަށް ފުލުހުން ފިޔަވަޅު އަޅަފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މިއަދާއި މާދަމާގެ ހަތަރަކުން ހަޔަކަށް އިންޖީނުލީ އުޅަނދު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ނުދުއްވާގޮތަށް ހަމަޖައްސާފައެވެ.