ޚަބަރު

މީސް މީޑިއާގައި ދައުރުވަމުންދާ ކުޑަކުދިން ހިޔާގެ އިމާރާތަށް ކުދިން އަރާ ވީޑިއޯއަކީ ކުރީގެ ވީޑިއޯއެއް: ޖެންޑާ މިނިސްޓްރީ

މަރިޔަމް ޝަހުދާ

މީސް މީޑިއާގައި ދައުރުވަމުންދާ ކުޑަކުދިން ހިޔާގެ އިމާރާތަށް ކުޑަކުދިން ހިޔާގެ ކުދިންތަކެއް އަރާ މަންޒަރު ދައްކައިދޭ ވީޑިއޯއަކީ ކުރީގެ ވީޑިއޯއެއްކަމަށް ޖެންޑަރ މިނިސްޓްރީއިން ބުނެފިއެވެ.

ޖެންޑާރ މިނިސްޓްރީ އިން މިހެން ބުނެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޖެންޑާއިން ބުނިގޮތުގައި ގޮތުގައި މީސްމީޑިއާގައި ދައުރުވަމުން ދަނީ ވަރަށް ކުރީގެ ހާދިސާއެއް ދައްކައިދޭ ވީޑިއޯއެކެވެ. އަދި ކުރީގެ އެކި ހާދިސާތައް ދައްކުވައިދޭ މިދަފަ ވީޑިއޯ އާއި ފޮޓޯ ބޭނުންކޮށްގެން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ހައްގަށާއި ކަރާމާތައް އުނިކަމެއް އަތުވެދާނެ ފަދަ އަމަލުތައް ނުހިންގުމަށް ޖެންޑާއިން އިލްތިމާސް ކުރެއެވެ.