ޑަބްލިޔު ކޮންސްޓްރަކްޝަނުން ހަދަމުންދާ އިމާރާތަކުން ހޮޅިއެއްވެއްޓި ކާރަކަށް ގެއްލުންވެއްޖެއެވެ.
ފުލުހުން ބުނީ، ޑަބްލިޔު ކޮންސްޓްރަކްޝައިން ސޯޝަލް ސެންޓަރު ކައިރީގައި ހަދަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި ކާރަކަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 2:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ޑަބްލިޔު ކޮންސްޓްރަކްޝަނަކީ ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ކުއްޖަކު ނިޔާވި ހާދިސާގައި އެ އިމާރާތް ހަދަމުން ގެންދިޔަ ފަަރާތެވެ. އެ ހާދިސާއާ ގުޅިގެން ފެބްރުއަރީމަހު ސިޓީ ކައުންސިލުން ވަނީ 500،000 ރުފިޔާއިން އެ ކުންފުނި ޖޫރިމަނާވެސް ކޮށްފައެވެ.