ޚަބަރު

ހުޅުމާލެއިން ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

އަލީ އިހްސާން

1

ހުޅުމާލެއިން ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން، މިއަދު ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 03:10 ހާއިރު ހިންގި އޮޕްރޭޝަނެއްގައި ހުޅުމާލޭ ގެއެއް ބަލައި ފާސްކޮށް ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ހުޅުމާލެއިން ރޭ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފައިވާ އިރު، އިއްޔެ ފުލުހުން ހިންގި އޮޕްރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މ. އެވަރެސްޓްއާގެ ބަލައި ފާސްކޮށް އެގެއިން 11 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟