ހޯމް މިނިސްޓްރީން މިއަދު ކުރިއަށް ގެންދަން އުޅުނު ހަދިޔާ ބެހުމުގެ ޕޮރްގުރާމް ކެންސަލްކޮށްފިއެވެ.
ހޯމް މިނިސްޓްރީ މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވިއްސާރަވުމުގެ ސަބަބުން އީދު ހަދިޔާ ބެހުމުގެ ޕޮރްގުރާމް މިއަދު ނޯންނާނެ ކަމަށެވެ.
އީދު ދުވަހާ ދިމާކޮށް ހޯމް މިނިސްޓްރީން ކުޑަކުދިންނަށް ހަދިޔާ ބެހުމުގެ ހަރަކާތެއް މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންދިއުމަށް ކުރިންވަނީ ރާވާފައެވެ. އެ ހަރަކާތުގެ ތެރެއިން މުނިފޫހިފިލުވުމުގެ ހާއްސަ ހަރަކާތްތަކާއި ކުޑަކުދިންނާ ގުޅޭ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެން ރާވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.