ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސްޓެލްކޯގެ ވެރިންނާ އިބޫ ބައްދަލުކުރައްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ވެރިންނާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒުހޫރާއި އެ ކުންފުނީގެ ޑިޕާޓްމަންޓުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާއެކު އިބޫ ގެންދަވަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތްތައް ބައްލަވަމުންނެވެ. އެގޮތުން ޓްރާންސިޝަން ކޮމިޓީ މެދުވެރިކޮށް، ސަރުކާރު އިދާރާތަކުގެ މަސައްކަތްތައް ވެސް އިބޫ ގެންދަވަނީ ބައްލަވަމުންނެވެ.

އޭގެ އިތުރުން އިބޫ ގެންދަވަނީ އެކި ގައުމުތަކުގެ ސަފީރުންނާއި އަވަށްޓެރި ގައުމުތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވަމުންނެވެ.