ވެހިކަލަކުން ޖެހި އަނެއްކާވެސް ސިނަމާލެ ބުރިޖް ހައިވޭގެ ރޯޑު ޑިވައިޑަރުތަކުގެ ބޮޑުބައެއް ފުނފުނޑުވެއްޖެއެވެ.
ފުލުހުން ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ވެހިކަލަކުން ބުރިޖްގެ ހައިވޭގެ ރޯޑު ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓް ވެފައިވާކަމަށް މިއަދު 10:15 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ވެހިކަލުން ޖެހުމުގެ ސަބަބުން ޑިވައިޑަރުތަކުގެ ބޮޑުބައެއް ހަލާކުވެފައިވާ ކަމަށާއި މި އެކްސިޑެންޓުވި ވެހިކަލް މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ ކުރިން މިއަހަރުގެ ތެރޭގައި ހިނގި ހަތަރު އެކްސިޑެންޓެއްގައި ބުރިޖާ ގުޅުވައިދޭ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުތައް ވަނީ ފުނފުނޑުވެފައެވެ. އެއީ ޖެނުއަރީ، ފެބްރުއަރީ، މާޗް އަދި މެއި މަހު ހިނގި އެކްސިޑެންޓުތަކެވެ. އެއިން ކޮންމެ މަހެއްގައި ޑިވައިޑަރުތައް ހަލާކުވުމުގެ އެކްސިޑެންޓެއް ހިނގާފައިވާ އިރު، މިއަހަރުގެ ތެރޭގައި އެފަދަ އެކްސިޑެންޓެއް ހިނގާފައިނުވަނީ ހަމައެކަނި އޭޕްރީލް މަހުއެވެ.