ޚަބަރު

ދިގުރަށުގައި ގެތަކަށް ފެން ވަދެ، ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

އަލީ އިހްސާން

އދ. ދިގުރަށުގައި ގެތަކަށް ފެން ވަދެ، ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ފުލުހުން ބުނީ ދިގުރަށަށް ރޭއިން ފެށިގެން ވާރޭ ވެހެމުން ދިއުމުގެ ސަބަބުން މިއަދު ހެނދުނު 6:00 ހާއިރު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އަދި ބައެއް ގެތަކަށް ފެން ވަންނަމުންދާ ކަމަށެވެ.

މީގެ އިތުރުން އެރަށުގެ ފަޅުތެރޭގައި އޮތް ކުޑަ ލޯންޗެއް އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުންނާއި އެ ރަށު ކައުންސިލް ގުޅިގެން އަންނަނީ އެހީތެރިކަން ފޯރުކޯށްދެމުންނެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ބައެއް ރަށްތަކުގައި ދަނީ ފެން ބޮޑުވަމުންނެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫ އަދި މަރަދޫ ފޭދުއަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އަންނަނީ ރޭ 12:00 އިން ފެށިގެން ހަރަކާތްތެރިވަމުންނެވެ.