ޚަބަރު

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމައިފި

މަރިޔަމް ޝަހުދާ

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ރަސްމީ ޓުވީޓާ އެކައުންޓުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މާލޭ އަވަށްތަކުގައި އީދު ނަމާދު ކުރާނީ ހުކުރު ނަމާދު ކުރާ މިސްކިތްތަކުގައި އެކަނި ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި މާލެ އަވަށްތަކުގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކުގައި އީދު ނަމާދު ކުރާ ގޮތަށް ނިންމާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެގޮތުން މާދަމާ މާލޭގެ އެއްވެސް އަވަށެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ނޯންނާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވައިޓް އެލާޓު ނެރެފައެވެ. އެގޮތުން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ދެމެދުގެ ރަށްތަކަށާއި ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ.