އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް)

"އައިއެމްޓީއެމް 2019"ގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

މުހައްމަދު އައުޒަމް

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް 2019 (އައިއެމްޓީއެމް 2019)ގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

މާގިރި ހޮޓެލްގައި "އައިއެމްޓީއެމް 2019"ގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ހަފްލާގައި އައިއެމްޓީއެމް 2019ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހައްވާ ޝިއުނާ ހާލިދެވެ.

"އައިއެމްޓީއެމް 2019"ގެ ޕާޓްނަރުން:

  • މެއިން ޕާޓްނަރ - އެސްޓްރަބޮން
  • އެކަމޮޑޭޝަން ޕާޓްނަރ - ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް
  • ހޯސްޓް ޕާޓްނަރ - ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
  • އިވެންޓް ޕާޓްނަރ - ސްޓޭޖް ކޯ ޕްރައިވެޓް ލިމިޓެޑް
  • މެއިން މީޑިއާ ޕާޓްނަރ - ޕަބްލިކް ސަރވިސް މީޑިއާ
  • އޮފީސް ސަޕްލައި ޕާޓްނަރ - އެސްޓާސް
  • ގޯލްޑް ޕާޓްނަރ - ކައިމޫ ރިޒޯޓްސް އެންޑް ހޮޓެލްސް
  • އިންޝުއަރެންސް ޕާޓްނަރ - ދިވެހި އިންޝުއަރެންސް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް
  • ނެޝަނަލް އެއަރލައިން ޕާޓްނަރ - އައިލެންޑް އޭވިއޭޝަން
  • ލިވަރބޯޑް ޕާޓްނަރ - ޔަސާވާ ޕްރިންސެސް
  • ޑިޖިޓަލް މީޑިއާ ޕާޓްނަރ - ދިރާގު
  • ބެވަރޭޖް ޕާޓްނަރ - ކޮކާކޯލާ މޯލްޑިވްސް
  • ފުޑް އެންޑް ބެވަރޭޖް ޕާޓްނަރ - ޔޫރޯ ސްޓޯރ
  • މާޗެންޑައިޒަރ ޕާޓްނަރ - މެޓަލް ސައިންސް
  • ޓްރެވެލް ނިއުސް ޕާޓްނަރ - ދަ މޯލްޑިވްސް އިންސައިޑާ
  • ޓްރެވެލް މީޑިއާ ޕާޓްނަރ - އެމްވީ ހޮޓެލްސް
  • ޓެބްލޮއިޑް ޕާޓްނަރ - ދަ އައިލެންޑް ޗީފް
  • އޮންލައިން ނިއުސް ޕާޓްނަރ - ވަން އޮންލައިން
  • ބިޒްނަސް ނިއުސް ޕާޓްނަރ - މޯލްޑިވްސް ބިޒްނަސް ރިވިއު
  • އެއާލައިން ޕާޓްނަރ - ސިންގަޕޯ އެއާލައިންސް
  • އެއާލައިން ޕާޓްނަރ - އިންޑިގޯ
  • އެއާލައިން ޕާޓްނަރ - ގަތަރު އެއާވޭސް
  • ފޮޓޯގްރަފީ ޕާޓްނަރ - ޑަމަލް ޑޮޓް
  • ޕްރިންޓިންގ ޕާޓްނަރ - ޕްރިންޓް ލެބް
  • ސަސްޓައިނަބަލް ޓުއަރިޒަމް ޕާޓްނަރ - އައިޝަތު އަޒްފާ

މިމަހުގެ 26 އިން 27 އަށް ފަރުކޮޅުފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައިއެމްޓީއެމް 2019"ގައި 50 އަށްވުރެ ގިނަ ލީޑިންގ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވާނެއެވެ. މީގެ އިތުރުން 25 ގައުމަކުން ޓުއަރިޒަމްގެ އެކިއެކި ދާއިރާތަކުގެ ފަރާތްތައް "އައިއެމްޓީއެމް 2019" ގައި ބައިވެރިވާނެ ކަމަށް އައިއެމްޓީއެމް އިން މައުލޫމާތުދެއެވެ. މި ބައިވެރިން ރާއްޖެއިން ލިބޭނެ އާ ފުރުސަތުތައް ހޯދައި ޓުއަރިޒަމް ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ފަރާތްތަކާ ބައްދަލުކުރާނެއެވެ.

މިއީ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު "އައިއެމްޓީއެމް 2018" ބާއްވާފައިވަނީ އަދާރަން ހުދުރަންފުށީގައެވެ.