ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން

ޖޭއެސްސީގެ މެންބަރު ކަމަށް ހިސާން އައްޔަންކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، މ. ނޫހިރި އަލްއުސްތާޛާ ހިސާން ހުސައިން މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހު، ހިސާން ހުސައިން، އެމަގާމަށް މި ހަމަޖެއްސެވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ހިސާން އައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ހިސާން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހިސާންއަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ އަރީފެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިސާންއާ ހަވާލުކުރައްވައިފައެވެ.