ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމާ ގުޅޭގޮތުން ޖާބިރު ހުށަހެޅުއްވި މައްސަލަ ބަލައިގަނެފި

އިބްރާހިމް ޒަކީ

މިދިޔަ ހަފްތާގައި ކުރި ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ރާއްޖޭގެ އެކި ރަށްތަކަށް ކުރި ވިއްސާރައިގައި، ގެއްލުން ލިބުނު ރައްތިތުންނަށް އެހީވުމާއި ގުޅޭގޮތުން ކާސިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެއް ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ހުށަހަޅައި ބަހުސް ކުރިއަށް ގެންދަން ވޯޓަށް އެއްސެވި ވަގުތު ވޯޓިންގ ސިސްޓަމްގައި މައްސަލަ ޖެހިފައިވާތީ، މި މައްސަލައަށް ބަހުސް ކުރުމަށް މެންބަރުންނަށް ފެންނަ ކަމަށް ނިންމެވީ، ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް ނަޝީދު މެންބަރުންގެ ކުރެއް އައްސަވައިގެންނެވެ.

ޖާބިލު ހުށަހެޅުއްވި މައްސަލައިގައި ބުނެފަިއވަނީ، ހުޅަނގު މޫސުމުގައި ރާއްޖޭގެ ކުރިހާ ކަންކޮޅުތަކަކަށް ކުރި ވިއްސާރާގައި ގިނަ ރަށްތަކަށް ބޮޑެތި ގެއްލުން ލިބި، ބައެއް އާއިލާތަކުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ރައްޔިތުން، ދަތި ހާލުގައި ޖެހިފައިވާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އެހާދިސާގައި ރަށްތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު އެސްސްމަންޓެއްކޮށް، ގެއްލުންވި ގެދޮރާއި ހަލާކުވެދިޔަ ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންލިބި ހާލުގައި ޖެހުނު މީހުންނަށް ލިބިފައިވާ ގެއްލުން ތަކުގެ ތަފްސީލު ހޯދައި ހައްލު ކޮށްދިނުމަށް ޖާބިރު ވަނީ އެދި ވަޑައިގެންފައެވެ.

މި ބިލަށް އެއްގަޑިއިރުގެ ބަހުސް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވައިފައެވެ.