ޚަބަރު

ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިއްޖެ

މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސިން އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތު ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިންކޮށް ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 7,632,214.03 ރުފިޔާ ވަނީ ލިބިފައެވެ.

އެއީ ފުރަތަމަ 10 ދުވަހު ލިބުނު 2،913،839.61 ރުފިޔާ އާއި މެދު 10 ގައި ލިބުނު 4،718.372.42 ރުފިޔާ އާއެކު އެވެ. މެދު 10 ގައި ލިބުނު އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 3 މިލިއަން ރުފިޔާއަށްވުރެ 1.7 މިލިއަން އިތުރު އަދަދެކެވެ.

ފަހު 10 ގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 މާޗުގެ ނިޔަލަށް، ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށެވެ.