ޚަބަރު

ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފްއިން ހަރަކާތެރިވާން ފަށައިފި

އަލީ އިހްސާން

ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފްއިން ހަރަކާތެރިވާން ފަށައިފިއެވެ.

އެމްއެންޑިއެފްއިން ބުނީ، ށ.އަތޮޅުން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ސަޕްލައި ދޯންޏެއް ޅ.ޅޮއްސަލަފުށީ ކިޔާ ފަޅުރަށެއްގެ ފަރަށް އަރައިގެން އެމްއެންޑިއެފް ނޮދާން އޭރިޔާ ކޯސްޓްގާޑު ސްކޮޑްރޮންއިން ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިޔާ އުލިގަމު ޕޯސްޓަށް ލިބިފައިވަނީ މިރޭ 10:49 ހާއިރު ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ. މިހާދިސާ ހިނގި އިރު ދޯނީގައި ތިން މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ދިވެއްސަކާއި ދެ ބިދޭސީން ހިމެނޭކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިހާރު އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑު ސްކޮޑްރޮންގެ ޑައިވަރުން އެ ސަރަހައްދަށް ފައިބައި، އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަަށާއީ އެސަރަހައްދުގައި ވަރަށް ކަނޑު ގަދަ ކަމަށް އެމްއެންޑިއެފްއިން ބުނެއެވެ.