އައިލޭންޑް އޭވިއޭޝަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން އެމަގާމުން ދުރުކޮށްފިއެވެ.
"ވަންއޮންލައިން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ފްލައިޓް އޮޕަރޭޝަންސްގެ ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަމީން ދުރުކޮށްފައިވަނީ މިއަދު ކަމަށެވެ. ޑައިރެކްޓަރ ފްލައިޓްސް އޮޕަރޭޝަންސްގެ މަގާމުން މުހައްމަދު އަމީން ދުރުކުރި ނަމަވެސް އޭނާ އައިލޭންޑް އޭވިއޭޝަންގެ ވަޒީފާއިން ވަކިނުކުރާ ކަމަށް މޫސަ ވިދާޅުވިއެވެ.
"މިހާރު އެގަންނަ ބަދަލުތަކުގެ ތެރޭގައި ފްލައިޓް އޮޕްރޭޝަންސްގެ ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތްތަކާއި އެތަން ހަރުދަނާ ކުރުމަށްޓަކައި ބޯޑުގެ ލަފާގެ މަތީން ބައިވަރު އެހެން ކަންތައްތައް ކުރަމުން އެބަ ގެންދޭ. އެގޮތުން ބޯޑުން ދިން ލަފާގެ މަތިން އަމީންވެސް މަގާމުން ދުރުކުރީ. ވަޒީފާއިން ވަތްކެއް ނުކުރޭ،" މޫސަ ވިދާޅުވިއެވެ.