ޚަބަރު

ފެލިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ފާތިމަތު ލިޔުޝާ

ވ. ފެލިދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި އޮޕްރޭޓަރާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ފެލިދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި ޑިފެކްޓްސް ލައިބިލިޓީގެ ދަށުން ހިދުމަތް ފޯރުކޮށްދެމުންގެންދާ ކަމަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިޔައީ އެގްޒިމް ބެންލް އޮފް އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަލްޕަތަރު ޕްރޮޖެކްޓްސް އިންޓާނޭޝަނަލް ލިމިޓެޑްގެ ފަރާތުންނެވެ.

އެ މަޝްރޫއުގެ ދަށުން ނިންމާފައިވާ މަސައްކަތްތައް:

35 ޓަނުގެ ދެ އާރްއޯޕްލާންޓް ބެހެއްޓުން ބޯފެން ރައްކާކުރާ 265 ޓަނުގެ ދެ ޓޭންކް ބެހެއްޓުން 500 ޓަނުގެ ވާރޭފެން ރައްކާކުރާ އެއް ޓޭންކް ބެހެއްޓުން ނަރުދަމާ ޕަންޕިން ސްޓޭޝަން ގާއިމްކުރުން 4.2 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އެޅުން 3.7 ކިލޯމީޓަރުގެ ނަރުދަމާ ވިއުގަ އެޅުން 30 ކިލޯ ވޯޓުގެ ސޯލާ ޕެނަލް ގާއިމް ކުރުން