މީގެ ދުވަސްކޮޅެއްކުރިން ހުކުމްތަކުން މިނިވަން ކުރި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްގަފޫރު ބަންދުގައި ބެެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދިފައިވާތީ، މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
އަދީބު ކޯޓަށް ހާޒިރު ކުރީ، ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބަށް ކުރި ހުކުމް އަލުން ބެލުމަށް 15 ދުވަސް ޖެހުމުން އެބަންދާއި މެދު ގޮތެއް ނިންމުމަށެވެ.
ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަހްމަދު އަދީބު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިދިޔަ ހަފްތާގައި ވަނީ އަމުރުކޮށްފަ އެވެ.
މީގެ އިތުރުން އެމައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށް، އެ މުއްދަތުގައި ބަންދުގައި ބަހައްޓަން އެދޭ ނަމަ އެކަމަށް ދަށު ކޯޓުގައި އެދެވިދާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅައިފައެވެ.
ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ އިތުރުން އަދީބުގެ މައްޗަށް ކުރާ އެހެން ދައުވާތައްވެސް އަނބުރާ ފޮނުވާލުމަށްވަނީ ނިންމާފައެވެ. ނަމަވެސް އެ މައްސަލަތަށް އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެއް ނުވެއެވެ.