ރައީސް ނަޝީދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު އެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެެއް ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީގެ ހައިސިއްޔަތުން މައްޗަން ގޯޅި މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މުހައމަދު ނަޝީދު، ޖޭއެސްސީއަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހަޅައިފި ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ މިއަދު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަިއ ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް، މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީއަށް ދެ މައްސަލައެއް ފޮނުއްވާފައި ކަމަށެވެ.
ނިއުޝާ ވިދާޅުވި ގޮތުގައި، ޖޭއެސްސީއަށް ހުށަހެޅި އެއް މައްސަލަ އަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފްވެފައިވާ ފަނޑިޔާރެއްގެ މައްސަލައެވެ. އަދި ޖޭއެސްސީއިން ބަލާ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބާއި، ބަލަމުންދާ މައްސަލަތައް އާންމުންނަށް، މީޑިއާމެދުވެރިކޮށް އެނގޭނެހެން ހާމަކުރުމުގެ މައްސަލައެއް ވެސް ފޮނުއްވި ކަމަށް ނިއުޝާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ މާދަމާގެ އެޖެންޑާ ވަނީ އިއުލާނުކޮށްފައެވެ.