ދިރާގު 3X3 ޗެލެންޖް ބާސްކެޓް މުބާރާތް މާދަމާ ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދިރާގު 3X3 ޗެލެންޖް ބާސްކެޓް މުބާރާތް މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
ޓައިޓަންސް ބާސްކެޓް އެކެޑެމީން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގެ މަގުސަދަކީ ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.
މި މުބާރާތް ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިވަކިންނެވެ. ހަ އުމުރުފުރާއަަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި އަށް އަހަރުން ދަށް، ދިހަ އަހަރުން ދަށް، ބާރަ އަހަރުން ދަށް، ސާދަ އަހަރުން ދަށް އަދި ނަވާރަ އަހަރުން ދަށުގެ ޓީމުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގަކީ ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގުބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އެއް ކުންފުންޏެވެ.