ޚަބަރު

މަޑަވެލީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މަރިޔަމް ޝަހުދާ

ގދ.މަޑަވެލީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ،

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވަލޮޕްމަންޓް އިން ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެނަކައިގައި މިއަދު އެކަމަށް ހާއްސަކޮށްގެން ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ސޮއި ކުރައްވާފައިވާއިރު ހައުސިންގް މިނިސްޓްރީން މި އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހާލިސް ޝަރީފްއެވެ.

މި އެއްބަސްވުމުގެ ދަށުން ފެނަކައިން މަޑަވެލީގެ 22 ގެއެއްގައި ފެނާއި ނަރުދަމާގެ ހިދުމަށް ގާއިމް ކުރުމަށް ހަމަޖެހިފައި ވެއެވެ.